ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބޭއްވި "ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022" ގެ ޗެމްޕިއަންކަން ހަރިކޭންއިން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ހިރިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ހަރިކޭންއާއި ޔެޓީއެވެ.
ފައިނަލް މެޗު ހަރިކޭންއިން ކާމިޔާބު ކޮށްފައި ވަނީ 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހަރިކޭންގެ ޖޯޒީ ނަމްބަރު 99، އިބްރާހީމް އަޝްފާޤެވެ.
ފައިނަލް މެޗު ނިމުމުން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާ ވަނަތަކަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ޓޮރޮފީ ވަނީ ހަވާލުކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން
- އިބްރާހީމް އަޝްފާޤް / ހަރިކޭން
- އަހްމަދު މުހައްމަދު / ޔެޓީ
- ހަސަން ފިރުޝާން / ޔެޓީ
- އަލީ ރިފްއަތު / ހަރިކޭން
- އަހްމަދު އަފާޤް / ހަރިކޭން
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހަރިކޭންގެ ޖޯޒީ ނަމްބަރު 99، އިބްރާހީމް އަޝްފާޤް ހޮވުނުއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ. އަޝްފާޤް ވަނީ ޖުމްލަ 12 ލަނޑު ޖަހާފައެވެ.
މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް ހަރިކޭންގެ ޖޯޒީ ނަމްބަރު 1، މުހައްމަދު އަޝްރަފް ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ހަރިކޭންގެ ކޯޗް ތޯހާ ވަހީދެވެ.
ފައިނަލް މެޗަށްފަހު ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ކުލަބް ޑޮމިނޭޓާރސްއިން ވަނީ 2023 ވަނަ އަހަރު ވެސް މި މުބާރާތް ކުރިއަށް ގެންދާނެކަން އިޢުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!