ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ "ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022" މިއަދު ފަށައިފިއެވެ.

ކުލަބް ޑޮމިނޭޓާރސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި މޮޅެތި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމާއި އެ ރަށުގެ ޒުވާނުން ދުޅަހެޔޮކަން އިތުރުކޮށް، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމެވެ.

Ad
rt

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ޔެޓީ، އެފްސީ ހިރި، ޓީމް ރޯޔަލްގެ އިތުރުން ހަރިކޭންއެވެ.

މި މުބާރާތުގެ ދެ މެޗު މިއަދު ހަވީރު ހިރިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްސީ ހިރިއާއި ހަރިކޭންއެވެ. މި މެޗު 5-4 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ހަރިކޭންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހަރިކޭންގެ ޖޯޒީ ނަމްބަރު 10، އަލީ ރިފްޢަތެވެ.

ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ރޯޔަލްއާއި ޔެޓީއެވެ. މި މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޓީމް ޔެޓީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓީމް ޔެޓީގެ ޖޯޒީ ނަމްބަރު 12، އަޙްމަދު މުޙައްމަދެވެ.

މާދަމާ ވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކު ހަރިކޭންއާއި ޔެޓީއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ހިރިއާއި ޓީމް ރޯޔަލްއެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ 24 ޖުލައި 2022 ގައެވެ.