މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ އެންމެ މައްސަލައެއް ކަމަށް އެކޮމިޝަނުން ހާމަކޮށްފައެވެ.
2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 2 މައްސަލަ ކަމަށް އެ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އޭސީސީން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 532 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. މީގެތެރެއިން 177 މައްސަލައަކީ 3 ވަނަ ކުއާޓަރ ގައި ނިންމާފައިވާ މައްސަލައެވެ. 2018 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު، 2018 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ކޮމިޝަނުން ނިންމާފައިވާ މައްސަލަތައް 45 އިންސައްތަ އިތުރެވެ. 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ވަނީ ޖުމްލަ 320 މައްސަލަ ބަލައި ނިންމައިފައެވެ.
2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 318 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ވަނީ ނިންމާފައެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 177 މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ، ޖުމްލަ 176 މައްސަލައެވެ.
މީގެއިތުރުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 59 އިދާރާއަކަށް، އިޞްލާހުކުރުމަށް 83 އެންގުމެއް އަންގާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާތާކަށް އިޞްލާހުކުރުމަށް އެންގިފައިވަނީ 59 އެންގުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!