ޢީދު ޗުއްޓީގައި ޕޯސްޓް އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 ން މެންދުރު 2:00 އަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ގަޑިތަކާ އެއްގޮތަށް އޮފީސް ހުޅުވާފައި ހުންނާނީ މި މަހުގެ 11 އިން 16 އަށް ކަމަށެވެ.
މި މަހުގެ 8 އިން 10 އަށް ޢީދާ ގުޅިގެން ޕޯސްޓް އޮފީހުގެ މާލެ އަދި ހުޅުމާލެ ބްރާންޗުވެސް ބަންދުވާނެއެވެ.
އީދު ބަންދާއި މިނިވަންދުވަހުގެ ބަންދާ ގުޅިގެން ގިނަ ދުވަސްތަކެއް ލިބޭއިރު އެ ދުވަސްތަކުގައި 3315555 އަށް ނުވަތަ 3324447 އަށް ގުޅައިގެން މައުލޫމާަތު ސާފު ކުރެވޭނެއެވެ.
މީގެ އިތުރުން އީމެއިލް އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ޕޯސްޓް އޮފީހުގެ މައުލޫމާތު ސާފު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!