މީމު އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ފަޔަ ބިލްޑިންގެ ޕްލާސްޓަރިންގެ މަސައްކަތާއި، ރަންވޭ ހަދަން ހަމަޖެހިފައިވާ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތާއި، ޓާމިނަލް ބިލްޑިންގެ ފައުންޑޭޝަން މަސައްކަތްތަކެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.

މީގެ އިތުރުން، 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 243.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.