2018 ވަނަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހދ ކުރިނބީ، ކަރަންކާގެ، އައިމިނަތު ޝަރާ ހޮވިއްޖެއެވެ.

ރޭ ކުރިނބީ ސްކޫލްގައި ބޭއްވި އެސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ޝަރާއަށް ސެޓްފިކެޓާއި ޓްރޮފީ އަދި ޝޭސް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދުއެވެ.

Ad
rt

ސްކޫލްގެ ޓޮޕް އެޗީވާރސް އެވޯޑް 6 ދަރިވަރަކު ހާސިލްކޮށްފައިވާ 6 ދަރިވަރުންނަކީ އައިމިނަތު ޝަރާ، ނައުޝާ ޢަލީ، މުޙައްމަދު ވިޝާހް، އައިޝަތު ސުހާ، ލަމްޔާ ޢަލީ އަދި މުޙައްމަދު މީޝަމްއެވެ. ޝަރާ އަދި ނައުޝާ ވަނީ ޑިސްޓިންކްޝަން އެވޯޑްވެސް ޙާސިލުކޮށްފައެވެ.

އިތުރު ވަނަތައް ހާސިލްކުރެއްވި ދަރިވަރުން

ޖެނެރަލް ޕްރޮގްރެންސީ ޕްރައިޒް – އައިމިނަތު ޝަރާ، ގްރޭޑް 10
ޖެނެރަލް ޕްރޮގްރެންސީ ޕްރައިޒް – ނައުޝާ ޢަލީ، ގްރޭޑް 10
ކުލާސް ޕްރައިޒް – އައިޝަތު އުލްފާ، ގްރޭޑް 9
ކުލާސް ޕްރައިޒް – ނައުޝާ ޢަލީ، ގްރޭޑް 10
ކުލާސް ޕްރޮގްރެންސީ ޕްރައިޒް – ޝައުޝަން ޢަބްދުﷲ، ގްރޭޑް 9
ކުލާސް ޕްރޮގްރެންސީ ޕްރައިޒް – އައިޝަތު އުނޫޝާ، ގްރޭޑް 9
ކުލާސް ޕްރޮގްރެންސީ ޕްރައިޒް – ނައުޝާ ޢަލީ، ގްރޭޑް 10
ސަބްޖެކްޓް ޕްރައިޒް – ފާތިމަތު ޝައިނާ، ގްރޭޑް 8
ސަބްޖެކްޓް ޕްރައިޒް – ޝައުޝަން ޢަބްދުﷲ،ގްރޭޑް 9
ސަބްޖެކްޓް ޕްރައިޒް – އައިމިނަތު ޝަރާ، ގްރޭޑް 10
ސަބްޖެކްޓް ޕްރައިޒް – ނައުޝާ ޢަލީ، ގްރޭޑް 10

ދިވެހިވަންތަ ޝަޤާފީ ތީމް އަކަށް ބޭއްވި މިޙަފްލާގައި ޝަރަފްވެރި މެހެމާން ޑރ. ޢަބްދުﷲ ރަޝީދުގެ އިތުރުން ވައިކަރަދޫ ދާއިރާ މަޖިލިސް މެމްބަރު ޙުސައިން ޒިޔާދު، ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދްނާން ޢަލީ، ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް، ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުލްމުޙްސިން ޢަބްދުއްލަޠީފް، ނައިވާދޫ ސްކޫލްގެ ޕްރިންސިޕަލް ޢަލީ ޝަރީފް މުޙައްމަދު އަދި ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަސީމް ވަނީ އެކި ވަނަތައް ހާސިލު ކުރެއްވި ފަރާތްތަކަށް އިނާމް ދެއްވާފައެވެ.

ކުލަގަދަކޮށް ބޭއްވި މިރަސްމިއްޔާތުގައި ޝަރަފްވެރި މެހަމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދުގެ އިތުރުން ކުރިނބީ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ނާޒިމް އަދި އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޝަރާ ވާހަކަފުޅު ދެއްކެވިއެވެ.