ފެނަކަ ކޯޕަރޭޝަން އިން ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ޖަލާލުއްދީން ސްކޫލަށް ފަސް ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިއީ އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން ފޯރުކޮށް ދެވުނު އެހީތެރިކަމެއް ކަމަށެެވެ.

Ad
rt

ފެނަކައިން ހިލޭ އެހީގެ ގޮތުގައި ފަސް ކޮމްޕިއުޓަރ ޖަލާލުއްދީން ސްކޫލަށް ހަދިޔާ ކުރެއްވުމާއި ގުޅިގެން، އެ ސުކޫލްގެ ސީނިޔަރ މެނޭޖްމެންޓާއި މުވައްޒަފުން އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ނަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖްމަންޓަށް އެ ސްކޫލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އެހީގެ ސަބަބުން އެ ސްކޫލުގެ ކޮމްޕިއުޓަރ ލެބް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށް ބުންޏެވެ.

ފެނަކަ ކޯޕަރޭޝަނުން އަންނަނީ އެކި ސްކޫލުތަކަށާއި ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.