ރާއްޖޭގައި ހިންގާ ފަރު ހިމާޔަތް ކުރުމުގެ ކެމްޕޭނަކަށް ގްލޯބަލް އެމްބެސެޑަރެއް ހޯދަން “ޝީބާ” އިން އިއުލާން ކޮށްފިއެވެ.
ޝީބާއަކީ ބުޅަލުގެ ކާބޯތަކެތި އުފެއްދުމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގާ ކެމްޕޭނަކީ ދުނިޔޭގައިވެސް ހިންގާ މިފަދަ އެންމެ ބޮޑު ކެމްޕޭނެވެ.
މި ކެމްޕޭން ހިންގާނީ ފުޅަދޫގައެވެ. މިއީ ޝީބާގެ “ހޯޕް ގްރޯ” ކެމްޕޭނުގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ކެމްޕޭނުގެ ދަށުން ހަލާކުވަމުން އަންނަ ފަރުތައް ހިމާޔަތް ކުރާނެއެވެ. މިދިޔަ އަހަރުވެސް މިފަދަ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.
މި ކެމްޕޭނުގެ ދަށުން ޝީބާއިން ވަނީ މުރަކަތައް ބޭނުންކޮށްގެން “ހޯޕް” ލިޔެ ފަރެއް ހަދާފައެވެ. އިންޑޮނޭޝިއާގައި ހަދާފައިވާ މި ފަރު ސެޓްލައިޓުތަކުންވެސް ސާފުކޮށް ފެނެއެވެ.
ކެމްޕޭނުގެ އެމްބެސެޑަރަކަށްވާން އެދާއިރާއިން ތަޖުރިބާ ލިބިފައި ހުރުން މުހިންމެއް ނޫނެވެ. ނަމަވެސް ވާހަކަ ދެއްކުންތެރިކަމުގެ ހުނަރާއި ފަތަން އެނގެން ޖެހޭނެއެވެ.
ޝީބާގެ މި ކެމްޕޭނުގައި ރާއްޖޭގެ ހޯޕް އެމްސެޑަރަކާއި އިނގިރޭސިވިލާތުގެ އެމްބެސެޑަރެއް ނަގާނެއެވެ. މި އެމްބެސެޑަރުން ފަރު ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވާނެއެވެ. އެއަށްފަހު ފުޅަދޫގައި ހަރަކާތް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!