ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފުރަތަމަ ޝިޕްމަންޓް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

Ad
rt

މަޝްރޫއުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ބޭރުތޮށި ލުމާއި 107 މީޓަރުގެ ބޭރުތޮށި މަރާމާތު ކުރުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ބަނދަރާއި ނެރު ފުންކުރުމާއި ރޭމްޕެއް ހެދުމާއި ވޯކްވޭ ބްރިޖެއް ހެދުމާއި ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މިއީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.