ހއ.ދިއްދޫ، ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ބައްދަލުވުމެއްގައި 13 ރަށުގެ ފުޓްބޯޅަދަނޑުގެ ޓާފް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.ޔޫތުމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތުމިނިސްޓަރ އަހްމަދު މަހުލޫފެވެ.
އެގޮތުން ސަބް-ބޭސް އެޅުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަސައްކަތް ނިންމުމަށްފަހު ހަވާލުކުރާތާ 90 ތެރޭގައި ޓާފް އަޅައި ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވެއެވެ.
ޖުމްލަ 55 މިލިއަން ރުފިޔާގެ މި ޕުރޮޖެކްޓްގައި ޓާފް އަޅާނެ އިތުރު ރަށްތަކަކީ ނ.ހޮޅުދޫ، ނ.ކެނދިކުޅުދޫ، ރ.އަލިފުށި، ޅ.ހިންނަވަރު، އދ.މާމިގިލި، ފ.ނިލަންދޫ ،ގއ.ވިލިނގިލި، ގދ.ތިނަދޫ، ޏ.ފުވައްމުލަކުގެ އިތުރުން ސ.ފޭދޫ އެވެ.
ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން މި އަހަރުގެ އަމާޒަކީ 37 ދަނޑުގެ މަސައްކަތް ފެށުން ކަމަށާއި އެކަން މި އަހަރު ނިމުމުގެ ކުރިން ހާސިލް ކުރެވޭނެ ކަމަށް މިނިސްޓަރު އަހްމަދު މަހްލޫފްވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!