ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހދ ކުރިނބީ ސްކޫލްގައި އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް ނޮތާން އޭރިއާގެ ސިފައިން ކުރިނބީ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި މުދައްރިސުންނާއި ދަރިވަރުންނާއިއެކު 70 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއްވައެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ދަތުރަކަށް ފަށާއިރު އަޅަންޖެހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކުދިންނަށް އޮޅުންފިލުވައިދީ ހޭލުންތެރިކުރުވުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
Kan'dumatheege Salaamathaai rakkaatherikamah heyluntheri kurumah MNDF Northern Area in H.Dh Kurinbee School gai miadhu hingi program ge therein. Mi program gai e school ge teacherunnaai, dharivarunnaai eku jumla 70 faraatheh baiverivi. pic.twitter.com/Sf4b7CT4Wp
— Maldives National Defence Force (@MNDF_Official) October 22, 2019
ކަނޑުމަތީގެ ހާދިސާތަށް މިހާރަކަށް އައިސް ގިނަވެފައިވާއިރު ދާދިފަހުން ވަނީ ލޯންޗެއްގެ ބުރަފަތީގައިޖެހި މީހެއްގެ ފައި ބުރިވެފައެވެ. އަދި ހދ ނޮޅިވަރަމް އިން ފުރައިގެން ހދ ހަނިމާދޫއަށް ދަތުރު ކުރަނިކޮށް ޑިންގިއެއް ބަންޑުން ޖަހާލައި 5 މީހަކުވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!