ހއ.ތުރާކުނު މަސްޖިދުލް ނޫރު މިސްކިތުގެ މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

އެގޮތުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުޤުވެރިކަން ހުރިފަރާތްތަކުން 27 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށްބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00 އެރަށުގެ ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް އެއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

Ad
d

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ުމީގެ އިތުރުން އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި އެއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގާ ކަމަށް އެފަރާތުން މައުލޫމަތުދެއެވެ.

މިމަސައްކަތާއި ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކައުންސިލްގެ thuraakunucouncil@gmail.com އީމެއިލް އެޑްރެހަށެވެ.

Ad
df

މީގެ އިތުރުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް އެއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުމަށް އެފަރަތުން ވަނީ އެދިފައެވެ.