ހއ. ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ކެލާ ޞިއްހީ މަރުކަޒާއި، ޝެއިޚް އިބްރާހީމް ސްކޫލާއި، އަދި އިންސްޓްރަކްޓަރ އަހްމަދު ޝާމް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިއްޔެ ފެށި މި ޕްރޮގްރާމްގައި ފުރަތަމަ ސެޝަންގައި ދުޅަހެޔޮ ސިއްހަތާއި ހެދި ބޮޑުވުމާއި ގުޅޭ މައުލޫމާތު ދެއްވީ ކެލާ ސިއްހީ މަރުކަޒުގެ ހެޑް ނާރސް ސިރްމީލާ މުހައްމަދުއެވެ. އަދި އިންޓޮރޮޑަކްޓަރީ ސެލްފް ޑިފެންސް ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ އިންސްޓްރަކްޓަރ އަޙްމަދް ޝާމް އެވެ.
މިއަދު ވަނީ މި ޕްރޮގްރާމްގެ ދެ ވަނަ ސެޝަން ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ ސެޝަންގައި ދުޅަހެޔޮ ސިއްހަތާއި ހެދި ބޮޑުވުމާއި ގުޅޭ މައުލޫމާތު ދެއްވީ ކެލާ ސިއްހީ މަރުކަޒުގެ ހެޑް ނާރސް ސިރްމީލާ މުހައްމަދުއެވެ. އަދި އިންޓޮރޮޑަކްޓަރީ ސެލްފް ޑިފެންސް ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ އިންސްޓްރަކްޓަރ އަޙްމަދް ޝާމް އެވެ.
މި ޕްރޮގްރާމްގައި ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ ދަރިވަރުންގެ އިތުރުން، އިތުރު ފަރާތްތައް ވެސް ދަނީ ބައިވެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!