130 މީހުންނާއި އެކު ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ޅ. ފެލިވަރު ފަރަށް އަރައިފި އެވެ.

ފުލުހުން ވަނީ މިކަން މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން ބުނީ އެކަމުގެ މަޢުލީމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 08:31 ހާއިރު ކަމަށެވެ.

Ad
rt

އެމްއެންޑީއެފްއިން ބުނީ ށ. ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރި "ފުރާގު 2" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެބޯޓު އަރާފައިވަނީ ގާއެރިފަރަށެވެ.

ސިފައިން އެސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.