ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ ހަފްތާގައި ހދ.ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ނޫހެއްކަމަށްވާ ކުޅުދުއްފުށީ އޮންލައިން އަށް ދިން ހާއްސަ އިންޓަވިއު އެއްގައި ބުނެފައިވަނީ ޓާޝަރީ ފެންވަރުގެ ހިދުމަތް ދިނުމަށް ކުޅުދުއްފުށީގައި އެޅިގެންދާނީ 100 އެނދުގެ މުޅިން އާ ހޮސްޕިޓަލެއްކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު ހޮސްޕިޓަލް އަޅާނެ ތަނެއް އަދި މުޅިން ފައިނަލް ނުވާކަމަށާއި އެހެން ނަމަވެސް ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް މިއަހަރު ފަށައިގަންނަން މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ ބުނެފައެވެ.
ތިލަދުންމަތީގެ ތިން އަތޮޅުގެ މީހުން ހިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ހޮސްޕިޓަލަކީ ޖާގައިގެ ދަތިކަން ކުރިމަތި ވެފައިވާ ހޮސްޕިޓަލަކަށް ވާއިރު މިނިސްޓްރީގެ އަމަޒަކީ އަތޮޅު ތެރޭގައި ހުޅުވޭ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހެދުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކުޅުދުއްފުށީގައި އަލަށް އިމާރަތް ކުވިގެންދާ ހޮސްޕިޓަލާއެކު މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!