ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާއްމު ޖަލްސާއަށް ރެކޯޑް ނަގާ ތާރީހު (ބުކް ކްލޮޒިން) އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގަައި ބުނި ގޮތުގައި ހިއްސާގެ ފައިދާ ބެހުމަށާއި އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރެކޯޑް ނަގާނީ އަންނަ މަހުގެ 12ގެ ނިޔަލަށެވެ.

Ad
rt

އެސްޓީއޯ އަހަރީ އާއްމު ޖަލްސާ އޮންނާނެ ތާރީހެއް އަދި އިއުލާން ކޮށްފައި ނުވެއެވެ.

މިއަހަރު ބާއްވާ ޖަލްސާގައި ހިއްސާގެ ފައިދާ ބެހުމުގެ އިތުރުން އެ ކުންފުނީގެ އާއްމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް މެމްބަރަކު އައްޔަން ކުރާނެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހު ވަނީ ހަމަވެފައެވެ.