ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އެ ކުލަބުން ހުޅުވާލައިފިއެވެ.

މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ފުރަތަމަ ދެ ދުވަހުއެވެ. މުބާރާތުގައި 20 ބައިވެރިން ވާދަކުރި ނަމަވެސް، މުބާރާތް ރާވާލެވިފައި ވަނީ، ފުރަތަމަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 10 ދަރިވަރުންނަށް ދެވަނަ ބުރުން ފުރުޞަތު ލިބޭ ގޮތަށެވެ. ވުމާއެކު ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދި 10 ބައިވެރިންނެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 07 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 08 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ.

Ad
rt

މުބާރާތުގެ ދެވަނަ ބުރުން ފައިނަލް ބުރަށް ކޮލިފައިވާނީ، ދެވަނަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 5 ބައިވެރިންނެވެ. ވުމާއެކު ދެވަނަ ބުރުގައި މުބާރާތުގެ (6،7،8،9،10،) ވަނައަށް އަންނަ ބައިވެރިން ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ބުރު ހޮވޭ ވަނަތަކަށް އިނާމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 07 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން އިނާމް ހުށަހަޅައި ނިންމެވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ.

މުބާރާތުގެ ފައިނަލް ބުރުގެ ނަތީޖާ ފާޅުކުރުން 15 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފައިނަލުބުރުގައި ހޮވާ އެންމެ މޮޅު ފަސް ބައިވެރިންނަށް އިނާމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 14 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން އިނާމް ހުށަހަޅައި ނިންމެވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ. އިނާމް ހުށަހަޅުއްވާއިރު އިނާމް ހާއްސަކުރާ ވަނަތަކުގެ ތަސްފީލް އެނގޭނޭހެން އިނާމް ހުށަހެޅުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ.

އިނާމް ހުށަހެޅުއްވުމަށް 7656766 ނަމަބަރު ފޯނާއި ގުޅުއްވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ. އަދި ވައިބާއިން ނަމަ ގުޅުއްވާނީ 9656766 ނަމަބަރަށެވެ.

މި މުބާރާތަކީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދިއްދޫގައި ފުޅާ ދާއިރާއެއްގައި އާންމު މުދާ ވިއްކަމުން އަންނަ ފިހާރައެއް ކަމުގައިވާ "ލިބޭ" ފިހާރައެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ޔަލަމްލަމް ހައްޖު އެންޑް އުމަރާ، އެންޒެޑް، ސަން އޮފް ސެއިލަރ، ނިއުމަތް ދޯނި، ދިއްދޫ ކުރިމަގު ޖަމިއްޔާ، އީޒީ ފިލިން، އިހަވަންދޫ ބާބަކިއު ހަޓް، ދިއްދޫ އޮންލައިން، ކުޅުދުއްފުށީ ޑަބްލިއު ކުރާފްޓް، ދިއްގާ ފައުންޑޭޝަން، ދިއްދޫ ޕޮލިސް، ހއ.އަތޮޅު ކައުންސިލް، ހއ.އަތޮޅު ތަޢުލީމީ މަރުކަޒު، ހއ.ދިއްދޫ ކައުންސިލް، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އަލްޓްރާ ފެޝަން ހިމެނެއެވެ.

އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ހއ.އަތޮޅު ކައުންސިލް އިދާރާ، ދިއްދޫ ކައުންސިލް އިދާރާ، އެންޒެޑް ފިހާރަ، ނިއުމަތް، ދިއްދޫ ޕޮލިސްޓޭޝަން، ދިއްގާ ފައުންޑޭޝަން، ދިއްދޫ ކުރިމަގު، ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން ސަން އޮފް ސެއިލާރސް ހިމެނެއެވެ.