މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސްޓެލްކޯއަށް ދިން ރެންސަމްވެއާ އެޓޭކްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެޓޭކާ ގުޅިގެން މައްސަލަ ހައްލު ކުރަން މަސައްކަތް ފެށި ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
ސްޓެލްކޯއަށް ރެންސަމްވެއާ އެޓޭކެއް ދިނުމުގެ ސަބަބުން އެ ކުންފުނިން ދެމުން އައި ހިދުމަތްތައް މެދުކެނޑުނެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ރެންސަމްވެއަ އެޓޭކަކާއި ގުޅިގެން، ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިފައިވާ ކަމަށެވެށެ.
ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!