ތެލެސީމިއާ ސެންޓަރުން ނުވަތަ މޯލްޑިވިޔަން ބްލަޑް ސަރވިސަސްއިން ފަރުވާކުރާ ކުދިންނަށް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އާސަންދައިން މިއަދު ނެރުނެފައިވާ ސަރކިއުލަރ ގައި ބުނެފައިވަނީ، ސަރުކާރުގެ ސިއްހީ ޚިދުމަތް ދޭ އެހެނިހެން މަރުކަޒު ތަކެކޭ އެއްގޮތަށް، ނެޝަނަލް ތެލްސީމިއާ ސެންޓަރުގެ ނަމުގައި މޯލްޑިވިޔަން ބްލަޑް ސަރވިސަސްއިން ދޫކުރާ ބޭސް ސިޓީތަކަށް 14 އެކްޓޫންބަރު 2019 ވަނަ ދުވަހުން ފެށިގެން، އާސަންދަ ސްކީމްގެ ދަށުން އެމްޕެނަލްވެފައިވާ އެންމެހާ ފާމަސީތަކުން ޚިދުމަތް ލިބޭނެ ކަމަށެވެ.
ސަރުކާރުން 2011 ވަނަ އަހަރު އާސަންދަ ކޮމްޕެނީ ލިމިޓެޑް އަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި އުފެއްދި ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!