ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަންގެ ފްލައިޓާއެކު ރަތުނަލާނާ އެއާޕޯޓުގެ ބައިނަލްއަގޔވާމީ ދަތުރުތައް ވެސް ވަނީ އަލުން ފަށައިފައެވެ. އެ ފްލައިޓަށް މަރުހަބާ ކިޔާފައި ވަނީ ފެނުގެ ސެލިއުޓާއެކުގައެވެ.

Ad
rt

އިއްޔެ ރަތުމަލަނާ އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓަަށް މަރުހަބާ ވިދާޅުވީ ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސާގެ އިތުރުން ސްރީލަންކާ އާއި ރާއްޖޭގެ އިސް އޮފިޝަލުންނެވެ.

ރަތުމަލާނަ އެއާޕޯޓަށް އަލުން ބައިނަލްއަގުވާމީ ދަތުތުތައް ފަށާފައި މިވަނީ، 55 އަހަރު ފަހުންނެވެ. އަދި މޯލްޑިވިއަނުން ލަންކާއަށް ދަތުރުތައް ފަށާފައި މިވަނީ 10 އަހަރު ފަހުންނެވެ.

މޯލްޑިވިއަނުން ލަންކާއަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެއެވެ. މި ދަތުރުތައް އޮންނާނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. ރަތުމަލާނާއަށް މޯލްޑިވިއަނުން ދަތުރުކުރަނީ އިކޮނޮމީ ޕްރޮމޯ ފެއާގައި ދެކޮޅު ޓިކެޓް 3،312 ރުފިޔާ އަށް އަދި އިކޮނޮމީ ފްލެކްސް ފެއާގައި ދެކޮޅު ޓިކެޓް 3،988 ރުފިޔާއަށެވެ.