މިހިނގާ އޮކްޓޯބަރު މަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ، 16 އަހަރުން ދަށުގެ ސައުތު އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމެއް ބޭރުގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

Ad
rt

މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނައިރު، 19 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި 20 ވަނަ ދުވަހު ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތް ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އިން 22 ގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ނޭޕާލް، ޕާކިސްތާން އަދި އިންޑިއާ ވާދަކުރާނެއެވެ.