ފެނަކަ ކޯޕަރޭޝަނުގެ ފެނަކަ އިންސްޓިއުޓުން ކުރިއަށްގެންދާ ސީ3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑއ މެއިންޓެނެންސްގެ ފުރަތަމަ ބެޗްގެ އިމްތިހާން ނިންމާލައިފިއެވެ.
މި އިމްތިހާންތައް ނިންމާލީ އިއްޔެއެވެ. އެގޮތުން، ތިއަރީ އާއި ޕްރެކްޓިކަލް އިމްތިހާން ވެސް ވަނީ ބާއްވާފައެވެ.
ފެނަކައިމް މި އިމްތިހާން ބާއްވާފައި ވަނީ އިއްޔެ އެވެ.
ފެނަކައިން މި ކޯސް ހިންގީ ހދ. ކުޅުދުއްފުށި ސިޓީގައެވެ.
އެ ކުންފުނިން އަންނަނީ އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ފެނަކަ އިންސްޓިއުޓްގެ ދަށުން ކޯސްތައް ހިންގަމުންނެވެ. މިދިޔަ އަހަރު ވެސް އެ އިންސްޓިއުޓުން ގިނަ ދަރިވަރުންތަކެއް ވަނީ ދަސްވެނިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!