ފެނަކަ އިންސްޓިޓިއުޓް، ނޭޝަނަލް ޓްރޭޑް ޓެސްޓް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފި
މީހުން ތަމްރީން ކުރުމަށް ފެނަކައިން އުފެއްދި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް، ނޭޝަނަލް ޓްރޭޑް ޓެސްޓް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފިއެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސަޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ޓްރޭޑް ޓެސްޓިން ހިންގުމަށް ކޮލިޓީ އެޝުއަރެންސް އެއްބަސްވުމެއްގައި ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ފެނަކަ އިންސްޓިޓިއުޓްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިއަދުއެވެ. އެއާއެކު ނޭޝަނަލް ޓްރޭޑް ޓެސްޓް ސެ...