ކެފެއިން އޯވާޑޯޒް ވެގެން އިނގިރޭސިވިލާތުގައި ފިރިހެނަކު މަރުވެއްޖެއެވެ.

ބައިނައްލަޤްވާމީ ރިޕޯޓްތައް ބުނާ ގޮތުން، އެމީހާ އޯވާ ޑޯޒް ވުމަށް ދިމާވީ ސަޕްލިމެންޓް ޑްރިންކްސް ހެދުމަށް އޭނާ ގަނެފައިވާ 100 ގްރާމްގެ ކޮފީ ޕައުޑާ މިނުމުގައި ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

Ad
rt

މަރުވެފައިވަނީ އުމުރުން 29 އަހަރުގެ ޕާސަނަލް ޓްރެއިނަރެކެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެމީހާ އޯވާރޑޯޒް ވެފައިވަނީ 200 ކޮފީ ތަށްޓާއި އެއްވަރުގެ މިންވަރަކަށް ކެފެއިން ބޭނުންކުރުމުގެ ސަބަބުން ނެވެ. ކައްޓާއިން ކިރުމުގައި ދިމާވި މައްސަލައަކާއި ގުޅިގެން ޓޮމްގެ ފުރާނެ ގެއްލިފައިވަނީ ކެފެއިން ބޭނުންކުރަން ޖެހޭ މިންވަރަށް ވުރެން އިތުރަށް ބޭނުންކުރެވިގެން ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިންވެސް ބޭނުންކުރަންވާ މިންވަރަށްވުރެއް އިތުރަށް ކެފެއިން ބޭނުންކޮށްގެން ބައެއް މީހުން އޯވަރޑޯޒް ވެފައިވެއެވެ.

މި މާއްދާ ހަށިގަނޑުގައި އާދަޔާ ޙިލާފަށް އިތުރުވުމުގެ ސަބަބުން ލޭގެ ހިނގުން އަވަސްވެ ބައެއް މީހުންނަށް ސްޓްރޯކް ޖެހެން މެދުވެރިވެއެވެ. އަދި ކޮފީ އާއި ކެފެއިން ހިމެނޭ މާއްދާތައް އާއްމުގޮތެއްގައި ބޭނުންނުކުރާ މީހުންނަށް މީގެ އަސަރު ބޮޑަށް ކުރާނެކަމަށް ވެސް ކަމާއި ބެހޭ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ. އެހެން ކަމުން ލޭމައްޗަށްދާ މީހުންނަށް ކެފެއިން އަކީ އެހާ ރަނގަޅު މާއްދާއެއްނޫނެވެ. މިއާއިއެކު މާގިނައިން ކެފެއިންގެ އަސަރު ހަށިގަނޑަށް ކުރުމުން ކުޑަކަމުދާންޖެހޭ މިންވަރު އިތުރުވެއެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން ދުވަސްވެފައި ތިބޭ މީހުންނަށެވެ.

ދުވަހުގެ ވަރުބަލިކަމާއި ފޫހިކަމުން ސަލާމަތް ވުމަށް ވެސް އެކި ވަގުތުތަކުގައި ކޮފީ ބުއިމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އާދައެކެވެ. ސިއްހަތު ރަނގަޅު މީހެއް ނަމަ ދުވާލަކަށް 400 މިލިގްރާމްގެ ކެފެއިން އަކީ ރައްކާތެރި މިންވަރެވެ. މިހާ ވަރަށް ކެފެއިން އެތެރެވާނީ ގާތްގަނޑަކަށް ހަތަރު ތަށި ކޮފީ ބޮއެގެންނެވެ. ކޮކަ ކޯލާ ނަމަ މިއީ 10 ދަޅުގައި ހުންނަހާ ކެފެއިންނެވެ. އެކަަމަކު އެނާޖީ ޑްރިންކެއް ނަމަ ދެ ދަޅެވެ.

އާދަޔާ ޙިލާފަށް ކެފެއިން އިތުރުވުމުގެ ސަބަބުން ބޭރަށް ހިނގުމާއި ބަނޑަށް އުނދަގޫވާގޮތްތައްވެސް ކުރިމަތިވެއެވެ. އަދި ގޭސްޓްރިކް މައްސަލަތައް ހުންނަ މީހުން ކެފެއިން ހިމެނޭ މާއްދާތަށް މާގިނައިން ބޭނުންކުރުމުގެ ސަބަބުން އޭގެ ނުރައްކާތަކާއި ކުރިމަތިލާންޖެހޭ ކަމަށް ވެސް ސައިންވެރިންގެ ތަހުލީލުތަކުން ދައްކައެވެ. މީގެ އިތުރުން ކެފެއިން އަކީ އެއަށް މީހާ ދެވި ހިފާ މާއްދާއެކެވެ. ކެފެއިން އަކީ އެމްފެޓަމައިން އަދި ކޮކެއިން ފަދަ ޑްރަގްސް ގެ ސަބަބުން ސިކުނޑީގައި އުފެދޭ ކެމިކަލް ރިއެކްޝަން ތަކާއި ދާދި އެއްވަރެއްގެ ނަތީޖާއެއް ނިކުންނަ މާއްދާއެކެވެ. އޭގެ ސަބަބެއްގެ ގޮތުން މިއަށް ދެވިހިފާ މިންވަރު އިތުރުވެއެވެ،