ށ. ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ލޭންޑްޔޫސް ޕްލޭން ހަދަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 24 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

އަދި މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން އެކައުންސިލްގެ އީމެއިލް info@funadhoo.gov.mv އަށް މެއިލް ކުރެއްވުމުން އެ މައުލޫމާތެއް ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ށ. އަތޮޅު ވެރިރަށް ފުނަދޫއަކީ ތަރައްގީގެ ގޮތުން ކުރިއެރުންތައް ހާސިލްކޮށްފައިވާ ރަށެކެވެ. އަދި އެރަށު ކައުންސިލަކީ ވެސް އުތުރުން ވަރަށް ހަރަކާތްތެރި ހިންގުންތެރި ކައުންސިލެކެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރާ "ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް" އިން ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ށ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް 2019 އަދި 2020 ވަނަ އަހަރުވެސް ހޮވިފައި ވަނީ ފުނަދޫ ކައުންސިލެވެ.

ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައި، ފާސްވެގެން ދިޔުމަކީ އެރަށުގައި އާ މަޝްރޫޢުތައްފަށައި، ތަރައްގީގެ އެކިކަންކަން ހިންގުމަށް ވަރަށް މުހިންމުކަމެއް ގޮތުގައި ފާހަގަކޮށްލެވެއެވެ.