އޮފީސްތަކާއި ކުންފުނިތައް ހިންގުމުގައި ބޭނުންކުރާ އެޕްލިކޭޝަންތަކާއި ސޮފްޓްވެއާ ފޯރުކޮށްދޭ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމުގައިވާ އެސްއޭޕީއާއެކު އުރީދޫ ގްރޫޕުން ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކޮށް އުރީދޫ އިން އެކަން އިއުލާން ކުރީ ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް ގައެވެ.
އެސްއޭޕީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެންޓަޕްރައިޒް އެޕްލިކޭޝަން ސޮފްޓްވެއާ ފޯރުކޮށްދޭ ކުންފުންޏެވެ. އެހެންވެ މި ޕާޓްނާޝިޕްގެ ދަށުން އުރީދޫގެ އީއާރު ސޮލިއުޝަންތައް އެއް ކަލައުޑެއްގެ ދަށަށް ގެނެވޭނެއެވެ.
މި ޕާޓްނާޝިޕްގެ ދަށުން އިންޓަގްރޭޓެޑް އަދި އެންޑް ޓު އެންޑް ޕްރޮސެސް ސިސްޓަމްމެދުވެރިކޮށް ކަސްޓަމަރުންނާއި، މުވައްޒަފުންނާއި، ސަޕްލަޔަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ އިތުރުން، އޮޓޮމޭޝަން އަދި އޮޕްޓިމައިޒޭޝަން އިތުރުކުރުމަށް އެންމެ އެކަށީގެންވާ އިންފްރާސްޓްރަކްޗަ އުރީދޫއަށް ލިބިގެންދާނެއެވެ.
އުރީދޫ ގްރޫޕްގެ ސީއީއޯ އަދިމެނޭޖިން ޑިރެކްޓަރު އަޒީޒް އަލުތްމަން ފަޚްރޫ ވިދާޅުވީ އުރީދޫ ގްރޫޕްގެ ކޯޕަރޭޓް ސްޓްރެޓެޖީގެ ދަށުން، ދުވެލި ހަލުވިކުރުމަށް، އޭއެސްޕީ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏަކާ ޕާޓްނާޝިޕްތައް ގާއިމްކޮށް، ކުރިއެރުވުމަށް އަމަލީ ގޮތުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ކަސްޓަމަރުންނާއި ސްޓޭކް ހޯލްޑަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ބާރަކަށްވެގެންދާނެ ކަމަށާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އައު އީޖާދުތަކަށް އެކްސެސް ވެވޭނެކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!