އއ. އުކުޅަހުގެ އިންޖީނުގެއަށް ދިމާވެފައިވާ ވޯލްޓޭޖް ޑްރޮޕްގެ މައްސަލައަށް ސްޓެލްކޯއިން ދާއިމީ ހައްލެއް ހޯދައިދީފިއެވެ.
އެ ކުންފުނިން ވަނީ އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް މައްސަލަ ހައްލު ކުރުމަށް ވޯލްޓޭޖް ސްޓެބިލައިޒާއެއް ބަހައްޓައި އިއްޔެ ބޭނުންކުރަން ފަށާފައެވެ. މިއާއެކު އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އަންނަނީ އުކުޅަހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. މި މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އުކުޅަހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރުމަށްޓަކައި ޖުމްލަ 2،084 މީޓަރުގެ ކޭބަލް ވަނީ އެ ރަށުގައި ވަޅުލާފައެވެ.
ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ހިދުމަތް ދޭ ހުރިހާ ރަށެއްގެ ހިދުމަތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!