ޗެމްޕިއަންސްލީގް ގެ އެންމެ ކާމިޔާބު ޓީމްއަކީ ރިއާލްމެޑްރިޑެވެ. ރިއާލްއިންވަނީ މިޙާތަނަށް 13 ފަހަރު މި މުބަރާތް ކާމިޔާބު ކޮށްފައެވެ. އަދި ދެއަދަދު ފަހަނައަޅާ ދެވުނު ހަމައެކަނި ޓިމަކީވެސް ރިއާލްމެޑުރިޑެވެ.
އަނެއްކޮޅުން ޕީއެސްޖީ އަކީ ޗެމްޕިއަންސްލިގް ހޯދުމަށް މިފަހަރު ބޮޑު ހޭދައެއްކުރިޓީމެކެވެ. އެގޮތުން ދުނިޔޭގަ އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ (މެސީ)ގެ ސޮއި ވަނީ ހޯދާފައެވެ. މީގެ އިތުރުން ޕީއެސްޖީ އިން ސޮއި ހޯދި ކުޅުންތެރިންގެ ތެރޭގައި ގިނަދުވަސްތަކެއް ވަންދެން ރިއާލް އަށް ކުޅުނު ސުޕެއިންގެ އިތުބާރު ޑިފެންޑަރ ރާމޯސް، ނިމިދިޔަ ޔޫރޯ މުބާރާތުގެ ޗެމްޕިއަން އިޓަލީގެ ގޯލްކީޕަރ ޑޮނަރުންމާ، މީގެ އިތުރުން މޮރޮކޯގެ ޑިފެންޑަރ ހަކީމީ ފާހަގަކޮށްލެވެއެވެ.
ރިއާލް ގަދަ 16 އަށް ދަތުރުކުރީ ކުޅުނު 6 މެޗުން 1 މެޗުން ބަލިވެ 5 މެޗުން މޮޅުވެ 15 ޕޮއިންޓާއެކު ގުރޫޕް ޑީގެ 1ވަނަ ޓީމްގެ ގޮތުގައެވެ. ޕީއެސްޖީ ގަދަ 16 އަށް ދަތުރުކުރީ ކުޅުނު 6 މެޗުން 1 މެޗުން ބަލިވެ 2 މެޗުން އެއްވަރުވެ 3 މެޗުން މޮޅުވެ 11 ޕޮއިންޓާއެކު ގުރޫޕް އޭގެ 2 ވަނަ ޓީމްގެ ގޮތުގައެވެ.
މިރޭގެ މެޗަށް ރިއާލް ނިކުންނައިރު އެންމެފަހުން ލީގުގައި ވިލަރިއާލް އާ ދެކޮޅަށް ކުޅުނުމެޗުގައި ޓީމުގެ ތަޖުރިބާކާރު ފޯވާޑް ކަރިމްބެންޒެމާ އަނިޔާގެސަބަބުން ޓީމުގައި ހިމަނާފައެއްނުވެއެވެ.
އަނެއްކޮޅުން ލީގުގައި ޕީއެސްޖީއިން އެންމެފަހުން ކުޅުނު މެޗުގައި ނޭމާ އަދި ރާމޯސް އަނިޔާގެ ސަބަބުން ޓީމުގައި ހިމަނާފައެއްނުވެއެވެ.
ރިއާލް އެންމެފަހުން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 2 މެޗުން އެއްވަރުވެ 1 މެޗުންވަނީ ބަލިވެފައެވެ. ޕީއެސްޖީ އެންމެފަހުން ކުޅުނު 5 މެޗުގެތެރެއިން 1މެޗުއިން ބަލިވިއިރު 4 މެޗުވަނީ ކާމިޔާބު ކޮށްފައެވެ.
އެންމެފަހުން މިދެޓީމުގެ ކުރިމަތިލުމެއްފެނިފައިވަނީ 2019 ވަނަ އަހަރު ޗެމްޕިއަންސްލީގް ގުރޫޕްސުޓޭޖް މެޗަކުންނެވެ. އެ މެޗް ނިމުނީ ދެއެއް ދެއަކުން އެއްވަރުވެގެންނެވެ. އެންމެފަހުން މި ދެޓީމް ކުރިމަތިލުމެއްގައި މޮޅެއް ހޯދާފައިވަނީ ޕީއެސްޖި އިންނެވެ. އެއީ ޗެމްޕިއަސްލީގުގައި 2019 ވަނަ އަހަރުއެވެ. މި މެޗުން ޕިއެސްޖީ މޮޅުވީ 3-0 ކުންނެވެ.
ޕީއެސްޖީ ދަނޑުދައި ކުޅޭ މި ފޯރިގަދަ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 1:00ގައެވެ. ރިއާލް ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންނަ މާޗް މަހުގެ 10 ވަނަދުވަހުއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!