ށ. ފުނަދޫ ކައުންސިލާއި ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ސްކޫލަށް ޕްރޮޖެކްޓަރެއް ހަދިޔާ ކޮށްފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިޕްރޮޖެކްޓަރ އެރަށު ސްކޫލާއި ހަވާލު ކޮށްފައިވަނީ އިއްޔެ ކަމަށެވެ.
އެގޮތުން އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިޕްރޮޖެކްޓް އެސްކޫލަށް ހަދިޔާ ކޮށްފައި މިވަނީ މީގެ ކުރިން އެސްކޫލްއިން ޕްރޮޖެކްޓްއެއް ނެތުމުގެ ދަތިކަން އެކައުންސިލާއި ހިއްސާ ކޮށްފައި ވާތީއެވެ. އަދި ކިޔަވާދިނުމުގައި ހުރި ބައެއް ގޮންޖެހުންތަކަށް މިޕްރޮޖެކްޓަރ ގެ ސަބަބުން ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިބްރާހިމްފުޅު ވިދާޅުވިއެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާއަކީ ކައުންސިލުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ދާއިރާއެއް ކަމަށް އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލުއި ފަސޭހަ ކަމަށް އެކައުންސިލާއި ގުޅިގެން މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކަށް އެކައުންސިލްގެ ފަރާތުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ފުނަދޫ ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދިން ފަރާތުގެ ނަން ހާމަ ނުކުރުމަށް އެދިފައިވާކަމަށް ވިދާޅުވެފައެވެ.
ފުނަދޫ ކައުންސިލަކީ، ވަރަށް ހަރަކާތްތެރި ރައްޔިތުންގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އިސްނަގައި މަސައްކަތްކުރަމުން އަންނަ ކައުންސިލެއް ގޮތުގައި ފާހަގަކުރެވޭ ކައުންސިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!