މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ފުނަދޫ ސްކޫލް

7 Stories filed
ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ގޮނޑުދޮށުގެ ޤުރުރަތީ ދިރުންތައް ދަސްކޮށްދިނުމުގެ ހަރަކާތެއް
Thiladhunmathi News

ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ގޮނޑުދޮށުގެ ޤުރުރަތީ ދިރުންތައް ދަސްކޮށްދިނުމުގެ ހަރަކާތެއް

ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ރަށުގެ ގޮނޑުދޮށާއި ފަޅުތެރޭގައިވާ ޤުދުރަތީ ދިރުންތައް ތަޖުރިބާކޮށް، ދަސްކުރުމުގެ ޝައުޤުވެރި ޙަރަކާތެއް (ޓައިޑް-ޕޫލް އެކްސްޕްލޮރޭޝަން) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ  މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، “ކެޓަނެޓް” ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. ކެޓަނެޓް ޕްރޮޖެކްޓަކީ، ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވ...

ފުނަދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި
Thiladhunmathi News

ފުނަދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ 85 ވަނަ ފުރާވަރު ކޭމްޕެވެ. ފުނަދޫ ސްކޫލްގެ 117 ދަރިވަރުން ވަނީ މި ކޭމްޕު ފުރިހަމަކޮށްފައެވެ. ފުނަދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސ...

ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް
Thiladhunmathi News

ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް

ށ. ފުނަދޫ ކައުންސިލާއި ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ސްކޫލަށް ޕްރޮޖެކްޓަރެއް ހަދިޔާ ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިޕްރޮޖެކްޓަރ އެރަށު ސްކޫލާއި ހަވާލު ކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިޕްރޮޖެކްޓް އެސްކޫލަށް ހަދިޔާ ކޮށްފައި މިވަނީ މީގެ ކުރިން އެސްކޫލްއިން ޕްރޮޖެކްޓްއެއް ނެތުމުގެ ދަތިކަން އެކައުންސިލާއި ހިއްސާ ކޮށްފައި ވާތީއެވެ. އަދި ކިޔަވާދިނުމުގައި ހުރި ބ...

ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމަށް ހަވާލުކޮށްފި
Thiladhunmathi News

ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމަށް ހަވާލުކޮށްފި

ށ. ފުނަދޫ ސްކޫލްގައި 15 ކްލާސް ރޫމް އިމާރަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވި ގޮތުގައި މި މަސައްކަތު އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި، ސްވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތާއި އެކުންފުނިން ހަވާލުވެފައި މިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 15,316,272.89 ރުފިޔާގެ ގެ މަޝްރޫޢުއެކެވެ. ފުނަދޫ ސްކޫލްއަކީ 1996 ވަނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހު ކިޔަވާދ...

ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފަށަނީ
Thiladhunmathi News

ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފަށަނީ

ށ. ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފެށުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. ފުނަދޫ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ކޯހަކީ އެތުލެޓިކްސް އެސޯސިއޭޝަނާއި، އެ ކައުންސިލް އަދި ފުނަދޫ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފާވާ ކޯހެއްކަމަށެވެ. އަދި މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 9 އިން 15 އަށް ކަމަށް އެ އިއުލާނުގައި ވިދާޅުވިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަޙުމަދުފުޅު ‘ތިލަދުން’ އަށް ވިދާޅުވީ މި ކޯހަކީ […]

ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމުގެ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެ ހޯދަން ޢިއުލާން ކޮށްފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ފުނަދޫ ސްކޫލުގައި މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިގޮތުން މިމަސައްކަތްތަކަށް  ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ. މި މަޝްރޫޢާއި ބެހޭ...

ފުނަދޫ ފެނަކައިން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި
Thiladhunmathi News

ފުނަދޫ ފެނަކައިން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި

ށ. ފުނަދޫ ފެނަކަ ބްރާންޗުން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި އެވެ. ފުނަދޫ ފެނަކަ ބްރާންޗުން އެމަސައްކަތްކޮށްފައި ވަނީ އިއްޔެއެވެ. މިގޮތުން އެ ބްރާންޗުން ބުނެފައި ވަނީ ފުނަދޫ ސްކޫލްގެ ގޯތި ތެރޭގައި ދަރިވަރުން ކުޅުމަށް ޚާއްޞަކުރެވިފައިވާ ބިން ސާފުކޮށް، އެއްވަރުކޮށްދީ ނިމިފައިވާ ކަމަށެވެ. އެ ބްރާންޗްގެ މެނޭޖަރު އަޙްމަދު އުނައިޝް ”ތިލަދުން”އަށް ވިދާޅުވީ، އެމަސައްކަތްކޮށްދީފައި ވަނީ ފުނަދޫ ސްކޫލްގެ އެދުމުގެ މަތިން ކަމަށެވެ. ”މިދުވަސްވަރު މިކޮޅުގައި އަޅުގަނޑުމެން ބްރާންޗްގެ އެކްސްޓެންޝ...