ހދ. ހަނިމާދޫގައި އިތުރު މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވިގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީއާއެކު މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަލާފް ޕްރައިވެޓް ލިމިޓެޑްއެވެ.

Ad
rt

އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތުގައި މި މަސައްކަތް ނިންމަންޖެހޭއިރު، މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މަޝްރޫއަކީ 11.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ހަނިމާދޫގައި މިހާރު ވެސް ތިން މިސްކިތެއް ހުރެއެވެ.

މީގެ އިތުރުންވެސް އިސްލާމިކް މިނިސްޓްރީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް މިސްކިތްތައް އިމާރާތް ކުރަމުންނެވެ. އެގޮތުން އދ. ދިގުރަށުގައި ވެސް މިސްކިތެއް ބިނާ ކުރުމަށް އާލާފް ކުންފުންޏާއިއެކު އިއްޔެ އެމިނިސްޓްރީއިން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.