ހދ. ވައިކަރަދޫ އާއި ހއ. ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން އިން ހާމަކޮށްފައިވާ ގޮތުގައި ވައިކަރަދޫގައި މި މަޝްރޫޢު ފެށީ އިއްޔެއެވެ. ކެލާގައި ފެށީ މިއަދު އެވެ.

Ad
rt

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދެ މަޝްރޫޢު އެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން މި މަޝްރޫޢުތައް ކުރިއަށް ގެންދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

މިގޮތުން ރާއްޖޭގެ 34 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ހިންގަން ވަނީ ނިންމާފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ހިންގަން ނިންމާފައިވާއިރު، އޭގެތެރެއިން ބައެއް އިތުރު މަޝްރޫޢުތައް ވެސް މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.