މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެމްކޯއަށް މާސްކް ހަދިޔާ ކޮށްފިއެވެ.

ވެމްކޯއިން ބުނި ގޮތުގައި އެ އޮތޯރިޓީން ވެމްކޯގެ ފްރަންޓްލައިން ޓީމަށް ހަދިޔާ ކުރީ 500 މާސްކެވެ.

Ad
rt

ވެމްކޯއިން ވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިން އެހީއަށް ޝުކުރު އަދާ ކޮށްފަ އެވެ.

ކޯވިޑް-19 އަނެއްކާވެސް ރާއްޖޭގައި ފެތުރެމުން އަންނައިރު މާސްކު އެޅުމަކީ މުހިންމު ކަމެކެވެ.

އަދި ވެމްކޯގެ ފްރަންޓްލައިން ޓީމަކީ މާލެ ސަރަހައްދުގެ ގިނަ ގެތަކުން ކުނި ނަގާ ބަޔަކަށްވުމުން އެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ކުންފުނިން އިސްކަން ދޭ ކަމެކެވެ.