އުރީދޫއާއި އޯރކާ މީޑިއާ ގްރޫޕް ގުޅިގެން ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުން ރާއްޖޭގެ ރީތި ފޮޓޯއެއް ހިއްސާކޮށްލައިގެން ބ. މާޅޮހުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި ކެމްޕޭނެކެވެ.

Ad
rt

މި ކެމްޕޭނުގައު ކޮންމެ މަހަކު ވެސް ވަކި ތީމެއްގެ ދަށުން ފޮޓޯ ހުށަހަޅާއިރު މިމަހަށް ކަނޑައަޅާފައިވާ ތީމަކީ ރާއްޖޭގައި ކުރެވޭ ތަޖުރިބާތައް ނުވަތަ އެޑްވެންޗާތަކެވެ.

ފޮޓޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް މާޅޮހުގެ "ތުނޑި ވިލެޖް" ގެސްޓް ހައުސްގައި އިތުރު ފަރާތަކާއެކު ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ފޮޓޯ ހިއްސާކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 14ވަނަ ދުވަހެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުން ފޮޓޯ ޕޯސްޓުކުރާއިރު ބޭނުންކުރަންޖެހޭ ހޭޝްޓެގަކީ VisitMaldivesNow# އެވެ.