އަންނަ ހޮނިހިރުގައި ބޫސްޓަ ޑޯޒް ޖަހަން އާންމުކޮށް ހުޅުވާލަން ނިންމާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 06 މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ
ފަރާތްތަކަށް ކަމަށެވެ.
ބޫސްޓަރ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިން ކަމަށް އެއިދާރާއިން މަޢުލޫމާތު ދެއެވެ.
މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ދޫކުރުމަށް ހަމަޖެހިފައިވަނީ mv.gov.hpa.book އިން ނެވެ.
ވެކްސިން ޖަހަންދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމާއި ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން އަދި ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން ލައިގެން ދިއުމަށް ވަނީ އެދިފަ އެވެ. މީގެ އިތުރުން ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުމަށާއި ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން އަދި އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށް ވަނީ އެދިފަ އެވެ.
އެމެރިކާއިން އިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒް ޖެހުން ލަސްވީ ވެކްސިން ޖަހަން ބޭނުންވާ ހާއްސަ ސިރިންޖު ރާއްޖެ އަށް ނުލިބިގެންނެވެ.
މިމަހުގެ ތެރޭގައި އާބާދީގެ ބޮޑުބަޔަކަށް ކޮވިޑް-19 ބޫސްޓަރ ޑޯޒް ޖެހުމަށް ތައްޔާރުވަމުން އަންނައިރު، ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމްގައި މަސައްކަތްކުރާނެ މީހުން ހޯދަން ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި 28،544 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!