އިތުރު 27 މީހުން ޕޮޒިޓިވްވެ ކުޅުދުއްފުށީގެ އަދަދު 100 އިން މައްޗަށް

kulhudhuffushi

އިތުރު 27 މީހުން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށި ސިޓީ ގެ އެކްޓިވް ކޭސްގެ އަދަދު 102 އަށް އަރައިފި އެވެ.

މިފަހުން އެސިޓީއިން ޕޮޒިޓިވް ކޭސްތައް ފެންނަން ފަށާފައިވަނީ މިދިއަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ. އަދަދުތައް 100 މައްޗަށް އަރާފައިވާ އިރުވެސް މިފަހަރު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެއެވެ.

ކުޅުދުއްފުށި ސިޓީގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ރީޖަނަލް ހޮސްޕިޓަލުންވަނީ އިލްތިމާސްކޮށްފަ އެވެ. ކުޅުދުއްފުށި ސިޓީ އާއި ނޮޅިވަރަންފަރުން ރެންޑަމް ސާމްޕަލްތައް ފެނިފައިވާތީ، ބަލި ފެތުރިދާނެކަމުގެ ބިރު އޮތްކަމަށް ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެއެވެ.

"ފައްސިވެފައިމިވަނީ ހުމާއި ރޯގާގެ އަލާމާތްތައް ފެނިގެންނާއި މާލެއަށް ދަތުރުކުރުމަށްފަހު އަދި ކުރިން ފައްސިވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތަކެއް! އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް އަދި ޓްރޭސިންގެ މަސައްކަތް ދަނީ ކުރިޔަށް."

ކޭއާރުއެޗް އިން ބުނެފައިވެއެވެ.

މިކޭސްތަކާއި ގުޅިގެން މިވަގުތު 50 އަށްވުރެގިނަ ގެ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިވަގުތު ކުޅުދުއްފުށީގެ އިތުރުން ހދ ގެ 7 ރަށެއްގައި ކޮވިޑް ކޭސްތައް ދަނީ ފެތުރެމުންނެވެ. ކުޅުދުއްފުށި ފިޔަވާ އެންމެ ގިނަ ކޭސް ފެނިފައިވަނީ ނޮޅިވަރަންފަރުންނެވެ. އޭގެ އިތުރުން މިވަގުތު ނައިވާދޫ ވައިކަރަދޫ ނެއްލައިދޫން ކުރިނބީން އަދި ނޮޅިވަރަމުން ވެސް ވަނީ ކޭސްތައް ފެނިފައެވެ. މީގެ ތެރެއިން މޮނިޓަރިންގައި އޮތީ ނައިވާދޫއާއި ނެއްލައިދޫއެވެ.

ރާއްޖެއިން ކޮވިޑް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިފަހުން ވަނީ އިތުރުވާން ފަށާފަ އެވެ. ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި މަޢުލޫމާތުތަކަށް ބަލާއިރު މާލެ ސަރަހައްދުން 267 މީހުންނަން ބަލި ޖެހިފައިވެއެވެ. އަތޮޅު ތަކުން ޕޮޒިޓިވްވީ 158 މީހުން ނެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 21 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް ރާއްޖެއިން 264 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނަ 4،656 މީހުން އެބަތިއްބެވެ. މިއާއި އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 99،635 އަށް އަރާފަ އެވެ.

ކަމާބެހޭ ފަރާތްތަކުން އަންނަނީ ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި، މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް އިލްތިމާސްކޮށްފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި