ބަނގުރާ ފުޅިތަކެއް ހިފައިގެން ފުލުހުންނާއި ފިލަން ދުއްވި ސައިކަލެއް، މުލީއާގޭ ފާރުގައިޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން މީޑިޔާތަކަށް މަޢުލޫމާތުދެމުން ބުނީ މަޖީދީ މަގުން ބާރު ސްޕީޑްގައި ދުއްވައިފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި އަލިކިލެގޭފާނު މަގުން ދަނިކޮށް ކޮންޓްރޯލުން ނައްޓައިގެން ގޮސް މުލީއާގޭ ފާރުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

Ad
rt

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށް ކަމަށާއި އަދި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ފުލުހުން ބުނީ، ބަނގުރާ ފުޅިތަކެއް ފެނިފައިވަނީ އެ ސައިކަލުގައި އަޅުވާފައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.