ހއ. ފިއްލަދޫ ސުޕޯރޓްސް އެކެޑެމީގެ ފުޓުބޯޅަ ޓީމާއި ހއ. ދިއްދޫ އެކަޑެމީގެ ފުޓުބޯޅަ ޓީމާ މެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ތަކެއް ކުޅެފިއެވެ.

ފިއްލަދޫ ސްޕޯޓްސް އެކެޑެމީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމެޗްތައް ކުޅެފައިވަނީ އިއްޔެ ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ.

Ad
rt

އެގޮތުގައި އިއްޔެގެ މެޗްތައް ހާއްސަކޮށްފައިވަނީ 14 އަހަރުން ދަށުގެ ޓީމްތަކަށާއި 11 އަހަރުން ދަށުގެ ޓީމްތަކަަށެވެ.

14 އަހަރުން ދަށުގެ ޓީމުގެ މެޗް 3 ގޯލު ޖަހައިގެން ކާމިޔާބު ކުރީ ދިއްދޫޓީމެވެ. އަދި 11 އަހަރުން ދަށުގެ މެޗް 2 ގޯލު ޖަހައިގެން ކާމިޔާބު ކުރީވެސް ދިއްދޫޓީމެވެ.

މީގެ އިތުރުން އެއެކެޑެމީއިން ބުނެފައިވަނީ ދިއްދޫއަށް ކުރެވުނު މިދަތުރަކީ ކުދިންނަށް ކުޅިވަރުގެ އާ ތަޖުރިބާތަކެއް ލިއްބައިދީ ހުނަރުވެރިކަން އިތުރު ކުރުމަށް ކުރެވުނު ދަތުރެއް ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރ މަހުގައި ފިއްލަދޫ ސްޕޯރޓްސް އެކަޑެމީގެ ހޭންޑް ބޯލް ޓީމު ހއ. ބާރަށަށް ގޮސް އެކުވެރި ކަމުގެ މެޗެއް ކުޅެފައިވާކަން ވެސް އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

ފިއްލަދޫ ސްޕޯރޓްސް އެކެޑެމީގެ އެންމެ ބޮޑު މަޤުސަދެއްގެ ގޮތުގައި ބުނެފައިވަނީ ކުޅިވަރުގެ ތެރޭން ކުދިންނަކީ މުޖުތަމައު ބަލައިގަންނާނެ ފަދަ ހަރުދަނާ ބަޔަކައްހެދުމާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ.