އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި މަރުވެފައިވާ 5000 މީހުންގެ ނަމުގައި ވޯޓުލާފައިވާކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރަމުން އައި ތުޙުމަތުތަކަށް ޖަވާބެއް ލިބިއްޖެ އެވެ.

މަރުވެފައިވާ އެތައްބައެއްގެ ނަމުގައި 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާފައިވާކަމަށް ބުނެ ޓްރަންޕުގެ ސަޕޯޓަރުން ކެނޑި ނޭޅި ހުށައަޅަމުން އަންނަ މައްސަލަތައް، އޭ.ޖީ އޮފީހުން ކުރި ތަހުގީގުތަކުން މަރުވެފައިވާ 4 މީހެއްގެ ނަމުގައި ވޯޓުލާފައިވާކަން ވަނީ ހާމަވެފަ އެވެ.

Ad
rt

މިދިޔަ އަހަރުގެ ޖެނުއަރީމަހު ޖޯރޖިއާރގައި ބޭއްވި ރެލީއެއްގައި ވިދާޅުވެފައިވަނީ އެސްޓޭޓްގައި ބެހެއްޓިފައި ހުރި ވޯޓު ފޮށިތަކަށް މަރުވެފައިވާ 5000 މީހަކު ވޯޓުލާފައިވާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެ ތަހުގީގުތަކަށް ބަލާއިރު ޓްރަމްޕް އެވިދާޅުވާ 5000 މީހުންގެ ތެރެއިން 4996 މީހުން ދުނިޔޭގައި ތިބިކަމަށާއި، މަރުވެފައިވާ 4 މީހެއްގެ ނަމުގައި އާއިލާއިން ވޯޓުލާފައިވާކަމަށް ވަނީ ހާމަވެފައެވެ.

ޖޯރޖިޔާގެ ވޯޓުގެ ނަތީޖާއަށް ބަލާއިރު، ޓްރަމްޕްއަށް އެސްޓޭޓް ގެއްލިފައިވަނީ 12،000 ވޯޓުގެ ތަފާތަކުންނެވެ. އަދި އެކަމާއި ގުޅިގެން ޓްރަމްޕް ވިދާޅުވެފައިވަނީ އެ 12،000 މީހުންގެ ތެރެއިން 5،000 މީހުންނަކީ މަރުވެފައިވާ މީހުންކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ކަނޑައަޅަނީ ރައްޔިތުންގެ ވޯޓަކުން ނޫނެވެ. އިލެކްޓޯރަލް ކޮލެޖްގެ ވޯޓުންނެވެ. އިލެކްޓޯރަލް ވޯޓުގެ ވަގުތީ ނަތީޖާއަކީ ޓްރަމްޕަށް 232 ވޯޓު ޖޯބައިޑަން އަށް 306 ވޯޓެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ 270 ވޯޓު ލިބިގެންނެވެ. އެމެރިކާގެ ކޮންގްރެސްއިން އިލެކްޓޯރަލް ވޯޓުތައް ގުނަމުން ދަނިކޮށް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ވަނީ ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުންތައް ހިންގާފަ އެވެ. އެ ހަމަނުޖެހުންތަކުގައި ބައެއް މީހުން ކޮންގްރެސްއަށް ވަނީ ހަތިޔާރު ހިފައިގެންނެވެ. އަދި ފުލުހުންނާ ކުރިމަތިލާ، ކޮންގްރެސްގެ ފަރުނީޗަރަށް ގެއްލުން ދީފައިވެ އެވެ. އެ ހަމަނުޖެހުންތަކުގައި ހަތަރު މީހަކު މަރުވި އެވެ.

2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއާއި އެކު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަނީ ޖޯ ބައިޑަން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓު އޮޅުވާލައިގެންކަމަށެވެ.

އެމެރިކާގެ ހަތަރު ސްޓޭޓެއްގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ޓެކްސަސްގެ އެޓާނީ ޖެނެރަލް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން ނިންމާފަ އެވެ. މިމައްސަލާގައި ކޯފާވެފައިވާ ޓްރަމްޕްވަނީ އެމެރިކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ހިކުމަތެއް ހިއްވަރެއް ނެތް ބައެއް ކަމަށް ސިފަކުރައްވައި އެމީހުން އޭނާއަށް ޚިޔާނާތްތެރިވި ކަމަށް ވިދާޅުވެ ޓްވީޓްތައް ކުރައްވާފައެވެ. މި ޓްވީޓްތަކަށްފަހު ޓްރަމްޕްގެ ސަޕޯޓަރުންވަނީ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށް ގޮވާލައި ވޮޝިންޓަންގައި މުޒާހަރާވެސް ކޮށްފައެވެ. ޓްރަމްޕްގެ ކޭންޕޭނުންވަނީ ރިޔާސީ އިންތިޚާބުގައި ބައެއް ސްޓޭޓްތަކުން މަރުވެފައިވާ އެތަށް ހާސްބައެއްގެ ނަމުގައި ވޯޓުލާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައެވެ.