ފޯކައިދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ފޮޓޯ: ޢަލީ ގުރައިޝް
ފޮޓޯ: ޢަލީ ގުރައިޝް

ށ. ފޯކައިދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު 02 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 9 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ރަޖިސްޓްރީ ވުމާއި ފީ ބަލައިގަތުން ކުރިއަށް ދަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް ފޯކައިދޫ ކައުންސިލްގެ އިދާރާގައެވެ.

މިމަސައްކަތުގައި ބީލަމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އޮންނާނީ 10 ޖަނަވަރީ 2012 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި ފޯކައިދޫ ކައުންސިލުން އިދާރާގައެވެ. އަންދާސީހިސާބު ހުށައެޅުމަށް ހަމަޖެހިފައިވަނީ 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެކައުންސިލްގެމެއިލް info@foakaidhoo.gov.mv
އަށް ނުވަތަ ނަންބަރ 6540048، 9999689 ގުޅުމުން މައުލޫމާތު ސާފުކުރެވޭނެކަމަށް ފޯކައިދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ފޯކައިދޫ ކައުންސިލުން ވަނީ އެރަށުގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ބަޔަކު ހޯދަން ވެސް މި ހަފުތާގައި ޢިއުލާން ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި