ހއ. ފިއްލަދޫގެ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" އަލުން އަޅައިފި އެވެ.
ހއ އަތޮޅު ކައުންސިލުން ބުނެފައިވާ ގޮތުގައި އެރަށުގައި އަލުން ކަނދުފަތި އަޅާފައި މިވަނީ ރަށުގެ ބޭރުގައި ކުރިން އޮތް ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ ބަދަލުގައެވެ.
އެގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެރަށުގައި ކަނދުފަތި ގާއިމް ކޮށްފައި މިވަނީ އެރަށުގެ އިރުން 15 މޭލުގެ ބޭރުގައެވެ.
މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކެނޑިފައިވާ ފިއްލަދޫ ދޮށިމަސްކަނދު، ކަނދު ނަންބަރު #C09D01 ފިއްލަދޫގެ 15 މޭލު އިރުމަތީ ސަރަހައްދެއްގައި ފިޝަރީޒްގެ ކަނދުފަތިޓީމު އިން މިއަދު އަޅާފައިވާކަމަށާއި މީގެއިތުރުން މިހާރު އެޓީމުންދަނީ ހއ. މުޅަދޫ ފުށޮޅުގައި ވަދުމަސްކަދު އެޅުމަށް ތައްޔާރުވަމުންކަމަށެވެ.
ކެނޑިފައިވާ ހއ.ފިއްލަދޫ #ދޮށިމަސްކަނދު، ކަނދު ނަންބަރު #C09D01 ފިއްލަދޫގެ 15 މޭލު އިރުމަތީ ސަރަހައްދެއްގައި ފިޝަރީޒްގެ #ކަނދުފަތިޓީމު އިން މިއަދު އަޅާފި. މިހާރުދަނީ ހއ. މުޅަދޫ ފުށޮޅުގައި #ވަދުމަސްކަދު އެޅުމަށް ތައްޔާރުވަމުން. @MoFMRAmv pic.twitter.com/0rrxxF46dz
— Hussain R. Hassan (@DrHussainHassan) December 30, 2021
މި މަސައްކަތުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ސަފީގު ވެސް ވަނީ އަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރައްވާފައެވެ.
މޫސާ ސަފީގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިއްލަދޫ ބޭރުން ކަނޑައިގެން ގޮސްފައިވާ ކަނދުފޮތި އެޅުން މީ ކުރެވުނު އާ ތަޖްރިބާއެއްކަމަށެވެ.
"މި ސަރުކާރަކީ މަސްވެރިންގެ ކަންބޮޑުވުންތައް ކައިރިން ބަލައި ހައްލު ކޮށްދޭނެ ސަރުކާރެއް"
މުސާ ސަފީގު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ހއ. އަތޮޅު ކައުންސިލް ރައީސްގެ ޓުވިޓުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން އަށް ޝުކުރު ދަންނަވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!