ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2021 ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ދިއްދޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.
ދިއްދޫގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމަށް މަޤުޞަދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 20 ޖަނަވަރީ 2022 ގައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުގެ ޓީމުތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި ކުޅުންތެރިންގެ ލިސްޓް 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގެ ކުރިން އެ ކުލަބުގެ އިދާރާއަށް ނުވަތަ އެ ކުލަބުގެ ރަސްމީ އީމެއިލް އަށް ފޮނވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ. އެ ކުލަބުގެ އީމެއިލް އެޑްރެސް info@middlesportsclub.com އެވެ<
މި މުބާރާތުގައި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކުލަބުން މިހާރު ހުޅުވާލާފައިވާއިރު، ދަނޑުގެ ވަށައިގެން 8 ފޫޓް 3 ފޫޓްގެ 25 ބިލްބޯޑް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެ ބިލްބޯޑްތައް ސްޕޮންސަރ ކުރުމުގެ ފުރުޞަތު އެ ކުލަބުންވަނީ 04 ޖަނަވަރީ 2022 ގެ ނިޔަލަށް ހުޅުވާލާފައެވެ.
މި މުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ކުލަބުގެ ހޮޓްލައިން 7656766 އަށް ގުޅުއްވުމަށް އެ ކުލަބުން އެދިލައްވައެވެ.
މި މުބާރާތުގެ ޚަބަރުތައް ތާޒާކަންމަތީ ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި މިޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!