7 އޮކްޓޯބަރ އިން މިމަހުގެ 11 އަށް ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން "ހިނިތުންވުމާއެކު" ގެ ނަމުގައި އެމްޓީސީސީ އިން ކެމްޕެއިނެއް ފަށައިފި އެވެ.
މިއަދު "ހިނިތުންވުމާއެކު" ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީ އަކީ ގިނަ ސިނާއަތްތަކެއްގައި ރައްޔިތުންނާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ކުންފުނިންދޭ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް ކަސްޓަމަރުންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ އެމްޓީސީސީގެ މަގުސަދެއް ކަމަށްވެސް އެފަރާތުން ބުނެއެވެ.
މިއަދު ފެށިގެން މިދިޔަ ކެމްޕެއިނުގެ މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކަސްޓަމާ ސާވިސްގެ މުހިއްމުކަމާ މެދު ހޭލުންތެރިކޮށް އެމްޓީސީސީގެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ކަސްޓަމާ އެކްސްޕީރިއަންސް މިހާރަށްވުރެ ރަނގަޅުކުރުން ކަމަށް އެމްޓީސީސީ އިން ހާމަކުރެއެވެ.
ދުނިޔޭގެ ކަސްޓަމަރ ސާރވިސް ފާހަގަކުރާ ހަފްތާއާއި ގުޅުވައިގެން އެމްޓީސީސީއިން "ހިނިތުންވުމާއެކު" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.
ޕްރެސް ރިލީޒް: https://t.co/sXapIe0p6n pic.twitter.com/yX06wutCGc
— MTCC Plc (@MTCCPlc) October 7, 2019
"ހިނިތުންވުމާއެކު" ކެމްޕެއިން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 12ގެ ނިޔަލަށެވެ. މި މުއްދަތުގައި އެމްޓީސީސީގެ ކަސްޓަމަރުންނަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުންނެފައެވެ.
މީގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުންނާމެދު އޮންނަ ގުޅުން ބަދަހިކޮށް އިތުބާރު ބޮޑުވެގެންދިޔުމަކީވެސް މި ކެމްޕެއިނުގެ މަގުސަދެއްކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!