ހދ.ނޮޅިވަަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިޢުލާނާއި ގުޅިގެން ކުރިމަތިލާފައި ވާ ފަރާތް ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބިފައިވާ މީހުންގެ ލިސްޓް އިޢުލާން ކޮށްފިއެވެ.

ފޮއިންޓު ދީފައިވަނީ ކައިވެނީގެ ބަޔާއި އުމުރު، ދަރިން އަދި މައިންބަފައިންގެ ބަޔާއި އެކު ޖުމްލަ 4 ބަޔަކަށް ބަހަލައިގެންނެވެ. އެގޮތުން އެންމެ މަތިން 48 ފޮއިންޓު ލިބިފައި ވާއިރު އެންމެ ދަށުން ލިބިފައިވަނީ 33 ޕޮއިންޓެވެ.

Ad
d

އިޢުލާން ކޮށްފައި އެވަނީ އެރަށުން ބަންޑާރަ ގޯތިލިބިފައިވާ 75 މީހުންގެލިސްޓެވެ.

2011 ވަނަ އަހަރު ގޯތިދޫކުމުގައި ދިމާވި މައްސަލަތަކަށް ފަހު އެންމެފަހުން އެރަށުން ގޯތި ދީފައި ވަނީ 2014 ވަނައަހަރެވެ.އަދި އެފަރާތް ތަކަށް ބަންޑާރަ ގޯތި ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް ވެސް އަހާފައިވެއެވެ.

Ad
df

މީގެ އިތުރުން 2014 ވަނަ އަހަރަށް ފަހު ގޯތި ދިނުމުގެ މަސައްކަތް ކުރެވިގެން މިދިޔައީ މި އަހަރުކަން ފާހަގަކުރެވެއެވެ.