މޯލްޑިވިއަން ޑިމޮކުރަސީ ނެޓްވޯރކް ( އެމް.ޑީ.އެން ) އިން އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފް ވާހަކަތަށް ބަޔާން ކޮށްފައިވާތީއާއި ޤުރުއާނުގެ ނައްސުތަކުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށްފައިވާތީ ހޯރަފުށީ ކައުންސިލުން އެއަމަލު ހަރުކަށި އިބާރަތުން ކުށްވެރިި ކޮށްފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ

Ad
d

އެމް.ޑީ.އެން އިން ނެރެފައިވާ ރިޕޯޓްގައި އިސްލަމްދިނާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަރަށް ބޮޑަށް ފުރައްސާރ ަކޮށްފައިވަތީ، އެކަން މިރަށުގެ ކައުންސިލުންނާއި ރައްޔިތުން ކުށްވެރިކުރަމެވެ. އަދި މި އަމަލަކީ އެޖަމިއްޔާއިން ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައިވެސް މިރަށުގެ ރައްޔިރުންނާއި ކައުންސިލުން ދެކި މިފަސާދައިގެ އަމަލު އެންމެ ހަރުކަށި އިބަރާތުން ކުށްވެރިކުރަމެވެ.

ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައިވާ ފަދައިން އިސްލާމްދީނަށް އިހާނެތިކޮށް ހިތުމަށް ނުވަތަ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ދިވެހި ރާއްޖޭގައި ޖަމްޢިއްޔާތަށް ހިންގުމަކީ މަނާކަމަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނާއި ހިލާފު މިއަމަލު އެމް.ޑީ.އެން އިން ކޮށްފައިވަތީ އެފަރާތާއި މެދު ވަގުތުން ލަސްނުކޮށް ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެ ކައުންސިލުން ވަނީ ގޮވާލާފައިވެއެވެ.

އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކޮށް އެފަދަ ލިޔުމެއް ލިޔެފައިވާތީ އެ ޖަމްޢިއްޔާ ވަގުތުން ވަގުތަށް އުވަލުމަށް ވެސް އެކައުންސިލުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

Ad
df