މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ އެޢަމަލު ނެއްލައިދޫ ކައުންސިލުން ކުއްވެރިކޮއްފިއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން " ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ
"އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާޢިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާ މެދު ސުވާލު އުފައްދާ، މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އަބުރުފުޅާއި ކަރާމާތައް އިހާނެތިކޮށްހިތާ، މިދެންނެވި ރިޕޯޓްގައި ހިމަނާފައިވާކަމަށް ވަނީ ފާހަގަކުރެވިފައެވެ. ވީމާ މިޢަމަލު ނެއްލައިދޫ ކައުންސިލުން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ. އަދި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިފަދަ ދަރަޖައަކަށް މިކަން ދިޔުމަކީ ނުހަނު ހިތާމަކޮށް ކަންބޮޑުވާކަމެކެވެ.
މިޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރ 1/2003 ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 އަދި 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 6/94 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާ އާ ހިލާފު އަމަލަކަށްވީހިނދު މިކުށަށް މި މައްސަލާގައި ދައުވާ އުފުލަންޖެހޭފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.
އިސްލާމްދީނުގެ އެއްވެސްކަމަކަށް ފުރައްސާރަ ނުކުރުމަށާއި އެފަދަ ލިޔުންތައް ނުލިޔުމަށާއި މުޖުތަމައުގެ އަމްނު
އާމާންކަން ގެއްލޭފަދަ ޢަމަލުތައް ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށް އެކައުންސިލުން ނެރެފައިވާ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!