މުސްލިމުންގެ އަގުން ފޭރިގަނެގެން ގަދަބާރުން ދައުލަތެއް ހަދައިގެން އުޅޭ ޔަހޫދީ އިޒްރާއިލްގައި، މުދަލާއި ހިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލި އިންސްފްލޭޝަން މިހާރު އަތްނުފޯރާ ހިސާބައް ގޮސް ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލިއްޖެ އެވެ.
ކޮވިޑް 19 އާއި ގުޅިގެން މުޅި ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ ގައުމުތަކުގެ އިންފްލޭޝަން ރޭޓްތައް ވެސް ވަނީ ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ.
އިކޮނިމިސްޓް އިންޓެލިޖެންސް ޔުނިޓް (އީ.އައި.ޔޫ)ގެ ދިރިއުޅުމުގެ ހަރަދުތައް ވަޒަންކޮށްގެން ނެރޭ ރިޕޯޓެއްކަމުގައިވާ ވޯލްޑް ވައިޑް ކޯސްޓް އޮފް ލިވިންގް އިންޑެކްސްގައި ބުނެފައިވަނީ އިޒްރާއިލްގެ ވެރިރަށް ތެލްއަވީވްގައި ކުއްލިއަކަށް ދިރިއުޅުމުގެ އަގުތައް މައްޗަށްޖެހިލައިފައިވާކަމަށް ފާހަގަ ކޮށްފަ އެވެ.
އެގޮތުން 2020 ވަނަ އަހަރު 5 ވަނައިގައި އޮތް ޓެލް އަވީވް ވަނީ 2021 ވަނަ އަހަރުގެ އިންޑެކްސްގެ 1 ވަނައަށް ޖެހިލާފައެވެ.
އެ ސިޓީ 1 ވަނައަށް ޖެހިލާފައިވަނީ ކާބޯތަކެއްޗާއި ދަތުރުފަތުރުގެ ޚަރަދުތަކަށް ނަގާ އަގުތައް އުފުލި އެގައުމުގައި ޔޫ.އެސް ޑޮލަރަށް ވުރެ، އެގައުމުގެ ފައިސާކަމަށްވާ އިސްރާއީލީ ޝެކެލްގެ އަގުވެސް މަތިވެފައިވާކަމަށް އީ.އައި.ޔޫގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އިސްރާއީލް ލިސްޓްގެ ކުރިއަށް ޖެހިލާފައިވަނީ ފާއިތުވި 2020 ވަނަ އަހަރު ލިސްޓުގެ ކުރީގައި އޮތް ޕެރިސް އަދި ސިންގަޕޫރު ކަޓުވާލުމަށްފަހުގައެވެ.
ފާއިތުވި 2020 ވަނަ އަހަރުގެ ވޯލްޑް ވައިޑް ކޯސްޓް އޮފް ލިވިންގް އިންޑެކްސް ގައި ނެތް އިތުރު 40 ސިޓީ ހިމަނައިގެން 2021 ވަނަ އަހަރުގެ ލިސްޓުގައި 173 ސިޓީއެއްގެ މަޢުލޫމާތުތައް ހިމަނައި ދިރާސާކޮށްފައިވެއެވެ. އަދި އެ ގައުމުތަކުގައި ދުވާލެއްގެ މައްޗަށް އާންމު ބޭނުންތަކަށް ބޭނުންކުރެވޭ 200 އުފެއްދުމަކާއި އާންމު ޙިދުމަތްތަކާއި ބެހޭ ދިރާސާތައް ވަނީ ކޮށްފައެވެ.
އެމެރިކާ ޑޮލަރު މުޅި ދުނިޔޭގައިވެސް މިހާތަނަށް އެންމެ އަގު އުފުލިފައިވާ ފައިސާއަށްވާއިރު، ނިއުޔޯކް ސިޓީގެ އަގު ދަށްވެ އެ ސިޓީ ވަނީ ލިސްޓުގެ 6 ވަނައަށް ވެއްޓިފައެވެ.
ލިސްޓުގެ ހަތަރެއް އަދި ފަހެއްގައި ޒިއުރިކް އަދި ހޮންގްކޮންގް އޮތް އިރު، ނިއުޔޯކް އާއި އެއްހަމައެއްގައި އޮތީ ޖެނީވާ، ކޯޕަންހޭގަން، ލޮސް އެންޖަލިސް އަދި އޮސާކާއެވެ.
މިއީ އީ.އައި.ޔޫގެ ދިރާސާ ކުރާ ޓީމަކުން ކޮންމެ އަހަރެއްގެވެސް މާރޗް އަދި ސެޕްޓެމްބަރުމަހު ދިރާސާކޮށް އަހަރުގެ ފަހުކޮޅު ނެރޭ ރިޕޯޓެކެވެ. މިގޮތައް މި ރިޕޯޓް ނެރޭތާ 3 ގަރުނަށްވުރެ އިތުރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!