3 އޮކްޓޯބަރ 2019 ވީ ބުރާސްފަތި ދުވަހު ހއ.ހޯރަފުށި ގެއަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހަށް ރިޕޯޓު ކުރުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ ފަރާތްވަނީ ހޯދާފައެވެ.
އެގޮތުން އެފަރާތް ދިރިއުޅޭ ގޭ ފާސްކޮށް ފޮރުވަފައިވާ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދާފައިވާކަމަށް ފުލުހުންގެ މީޑިޔާއިން ހާމަކުރެއެވެ.
މިމައްސަލަ އާ ގުޅިގެން ހައްޔަރުކޮށް ފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެއްކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިޔާއިން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!