މާލޭ މުނިސިޕަލްޓީއަށާއި، ސިޓީ ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ.
މިގޮތުން މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވަނީ، މާލޭ މުނިސިޕަލްޓީއަށާއި، ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވި ފަރާތްތަކާއި، މާލޭ ސިޓީގެ މޭޔަރކަން ކުރެއްވި ފަރާތްތަކާއި، ކައުންސިލަރުކަން ކުރެއްވި ފަރާތްތަކައް ހަނދާނީ ފިލައަކާއި ސެޓްފިކެޓެއް ދީފައެވެ.
އަދި މާލޭގެ މުނިސިޕަލްޓީގެ ރައީސްކަން ކުރައްވާ ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ނިޝާން ޢިއްޒުއްދީން ގެ ލަގަބް ލިބިވަޑައިގެންފައިވާ އޮނަރަބްލް އުމަރު ޒާހިރުކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، ރޭގެ ޖަލްސާގައި މާލޭ ސިޓީ ކައުންސިލުން ވަނީ އެމަނިކުފާނަށް ޚާއްޞަ އެވޯޑް އަރުވާފައެވެ.
މާލޭ ސިޓީގެ މޭޔަރ @MMuizzu މުނިސިޕަލްޓީއާއި ކައުންސިލަށް ޚިދުމަތްކުރައްވައި ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކާއެކު pic.twitter.com/rTIt7kGEkC
— Male' City Council (@MaleCitymv) November 27, 2021
މި ރަސްމިއްޔާތުގައި ގައި ވަނީ، މާލޭ ސިޓީ ކައުންސިލް ރީ ބްރޭންޑްކޮށް، ކައުންސިލްގެ އާ ލޯގޯ އިފްތިތާހްކުރުމާއެލު، އާ ދިދަ ތަޢާރަފްކުރުމާ އަދި ކައުންސިލްގެ ޔުނިފޯމް ތައާރަފްކޮށްފައެވެ.
އަދި ކައުންސިލުން ބޭނުންކުރާނެ ރަސްމީ ލަވައަކާއި، ކައުންސިލްގެ ޚަބަރުތައް ގެނެސްދޭ މަޖައްލާ އެއް ވެސް ވަނީ އިފްތިތާޙްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!