ނިމިގެންދިޔަ މަސްތަކާއި އަޅާބަލާއިރު ސެޕްޓެމްބަރ މަހަކީ މިއަހަރުގެ އެންމެ މަދުން ސާވިސް ޗާޖު ލިބުނު މަހެވެ.

އެންމެ ބޮޑު ސާވިސް ޗާޖެއްދީފައިވަނީ ވޮއްމުލި އައިލެންޑް ރިސޯޓުންކަން ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ މަހަކު ދޭ ސާވިސް ޗާޖް އާންމުކުރާ ވެބްސައިޓް "މޯލްޑިވްސް ސާވިސް ޗާޖް"ގައި ބުނެފައިވެއެވެ. ގޮތުން ވޮއްމުލިން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 621.93 ޑޮލަރު (9,590.16ރުފިޔާ) ދީފައެވެ. މިއީ އޮގަސްޓު މަހާ އަޅާ ބަލާއިރު 189.93 ޑޮލަރު (12518.88 ރުފިޔާ) ގެ ދަށް އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލައިރު މިއީ 109.93 ޑޮލަރުގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

Ad
d

ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލިގަނޑު ރިސޯޓުންނެވެ. އެރިސޯޓުން ބަހާފައިވަނީ އެރިސޯޓުން މިއަހަރު ދެމުން އަންނަ 620 ޑޮލަރު (9,560.40 ރުފިޔާ)އެވެ. ވެލިގަނޑު އައިލެންޑް ރިސޯޓަކީ ސާވިސް ޗާޖް ކޮންމެ އަހަރަކުވެސް އެއްވަރެއްގައި ދެމުންއަންނަ ރިސޯޓެއްކަން ފާހަގަކޮށްލެވެއެވެ.

ނިމިގެންދިޔަމަހުގައި އެންމެ މަތިން ސާވިސް ޗާޖުގެ ގޮތުގައި 1,286.93 ޑޮލަރު ރަންދެލި ރިސޯޓުން ދިފައިވާއިރު މިމަހު އެރިސޯޓުގެ ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 607.73 ޑޮލަރެވެ. އޮގަސްޓު މަހާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު ވެއްޓުމެއްކަން ފާހަގަކުރެވެއެވެ.

އެންމެދަށުން ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ އީކުއޭޓާ ވިލެޖުންކަން ފާހަގަ ކުރެވެއެވެ. އެއީ ބޮލަކަށް 75 ޑޮލަރެވެ. އަދި ބައެއް ރިސޯޓު ތަކުގެ ސާވިސް ޗާޖު ލިބިފައި ނުވި ނަމަވެސް މި މަހަކީ މިއަހަރުގެ ސާވިސް ޗާޖު އެންމެ ދަށުން ލިބުނު މަސް ކަން "މޯލްޑިވްސް ސާވިސް ޗާޖް"ގައި އާންމުކުރި ސާވިސް ޗާޖުތަކުން ފާހަގަކުރެވެއެވެ.

މިއަދު ކުރޮސްރޯޑް މޯލްޑިވްސް ގައި މިއަދު ފެށި "މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019" ގައި މި އަހަރުގެ މިހާތަނަށް 19 ރިސޯޓެއް ހުޅުވައި 20 ވަނަ ރިސޯޓް އައްޑޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އިރު ރިސޯޓް ތަކުގެ ސާވިސް ޗާޖް މިވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.

Ad
df

މުވައްޒަފުންގެ ސާވިސް ޗާޖާއި ގުޅޭ އިންސްޕެކްޝަން ނިންމާފައިވާކަން ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުވަނީ ވިދާޅުވެފައެވެ. އިންސްޕެކްޝަންގައި ޖުމްލަ 1061 ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ބަލާފާސްކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.